މޫސުން ގޯސް! މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި!

ކިޔުމަށް ހޭދަވާނީ 29ސ
މޫސުން ގޯސް! މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފި!

މިދުވަސްކޮޅު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން، މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން (ރާއްޖޭގެ އުތުރުން) އައްޑޫ ސިޓީއާއި (ރާއްޖޭގެ ދެކުނާއި) ހަމައަށް ކަމަށެވެ.

އެހެންކަމުން އެސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އެވްރެޖް ގޮތެއްގައި ގަޑިއަކު 23 މެލާއި 29 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 22:00 އާއި ހަމައަށެވެ.

މިއަދު އޮންލައިން