ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރާއި ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރާއި ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރ ވައިސް އެޑްމިރަލް ވިނޭ ބަދުވާރުއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ޕުރަސާންތު ހާންޑު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން