މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި!

ކިޔުމަށް ހޭދަވާނީ 26ސ
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި!

ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ވައިތް އެލާރޓް ނެރެފިއެވެ.

އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ބ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެތް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:45 ން ހަވީރު 16:00 އާއި ހަމައަށެވެ.

މިއަދު އޮންލައިން