ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 26ސ
ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފި

ރާއްޖޭގެ މޫސުމަށް މިއަދު އައިސްފައިވާ ބަދަލާއި ގުޅިގެން ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 21:00 އާއި ހަމަައަށެވެ.

މިއަދު އޮންލައިން