މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާއޮބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 15:45 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ.