ސަލާމަތީ މިންގަނޑަށް ނުފެތޭ ތިރީސް ތެޔޮ ލޮރީގެ ލައިސަންސް ކެންސަލްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ސަލާމަތީ މިންގަނޑަށް ނުފެތޭ ތިރީސް ތެޔޮ ލޮރީގެ ލައިސަންސް ކެންސަލްކޮށްފި

ސަލާމަތީ މިންގަނޑަށް ނުފެތޭ ތިރީސް ތެޔޮ ލޮރީގެ ލައިސަންސް ކެންސަލްކޮށްފިއެވެ.

މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ 42 ލޮރީއެއް ބަލާ ފާސްކޮށްފައެވެ.

މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ލޮރީތަކުގައި ކަނޑައަޅާފައިވާ  ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ  ބަލާ ޗެކްކުރެވިފައިވެއެވެ. މި ބަލާފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ލޮރީއެއްގެ ލައިސަންސް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން 11 ތެޔޮ ލޮރީއެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ވަނީ ހުއްދަ ދީފައެވެ.

ތެޔޮ ލޮރީތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމްގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބޭނުންވާ އަލިފާންނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވިފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން