މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރި ފަރުވާ ދެނީ!!

ކިޔުމަށް ހޭދަވާނީ 39ސ
މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރި ފަރުވާ ދެނީ!!

މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިފަރުވާ ދެނީއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއްވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފަވެއެވެ.

ޅ.ދިއްފުށިމާދޫގެ އިރުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި ލޮލަށް ބުޅި ހެރުނު، 42 އަހަރު ދިވެހި ފަޅުވެރިޔާ ސިއްޚީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި މިއަދު 08:09 ހާއިރު ވަނީ ޅ.ނައިފަރަށް ގެންގޮސްފަވެއެވެ

މިއަދު އޮންލައިން