ދިހަ ވަނަ "އެކްސަސައިޒް އެކުވެރިން ދެހާސް ނަވާރަ " ގައި ބައިވެރިވާ ސިފައިން އިންޑިއާއަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 55ސ
ދިހަ ވަނަ "އެކްސަސައިޒް އެކުވެރިން ދެހާސް ނަވާރަ " ގައި ބައިވެރިވާ ސިފައިން  އިންޑިއާއަށް ފުރައިފި

10 ވަނަ "އެކްސަސައިޒް އެކުވެރިން 2019" ގައި ބައިވެރިވާ ސިފައިން އިޔެއް އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި އަސްކަރީ ތަމްރީންގެ ގެ ތެރެއިން މި ފަހަރުގެ އެކްސަސައިޒް އެކުވެރިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައެވެ.

"އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައެވެ.

މިއަދު އޮންލައިން