ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅުނު ބޭރުގެ ބޯޓެއް އަތުލައިގަނެފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅުނު ބޭރުގެ ބޯޓެއް އަތުލައިގަނެފި!

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅުނު ބޭރުގެ ބޯޓެއް އަތުލައިގަނެފިއެވެ،

މިބޯޓާ ބެހޭ މަުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، 2019 އޮކްޓޯބަރ އެއް ވަނަ ދުވަހުއެވެ.

މިބޯޓު އަތުލައިގައތީ މިމަހު ފަސް ވަނަ ދުވަހުގެ ރޭ، ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސާދީ ކަނޑުގެ ސަރަހައްދުންނެވެ.

ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާއިރު، މިއުޅަނދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ސާމާނު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އަދި މި އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއް ވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮއްސައެވެ.

މި އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

 

މިއަދު އޮންލައިން