ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

"ބަރޯސާ" ނަމަކައްކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖު، ނަގިލި ކަނޑައިގެންގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިޔެއް ހަވީރު 1620 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މީހަކު ނެތި އޮޔާދާ މި އުޅަނދުތައް އޮޔާދަނީ ކ.ތިލަފުއްޓާއި ކ.ފޭދޫފިނޮޅާއި ދޭތެރެއިންނެވެ. އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ

މިއަދު އޮންލައިން