ކެފޭ އެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ!!

ކިޔުމަށް ހޭދަވާނީ 27ސ
ކެފޭ އެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެ!!

މާވެޔޮމަގުގައި ހުރި ރޯޅި ކެފޭގެ ބަދިގޭގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:53 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ބަދިގޭގައި ރޯވެފައިވާ އަލިފާންގަނޑު އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލާފައިވަނީ 10:13 ގައެވެ.

މި ހާދިސާގައި އެ ކެފޭގެ ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ބަދިގޭގައި ހުރި ކަބަޑު ބަރިތަކާއި އެހެނިހެން ހިފާ ގެންގުޅޭތަކެތި ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން