ކުޅުދުއްފުށި ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފި

ކިޔުމަށް ހޭދަވާނީ 37ސ
ކުޅުދުއްފުށި ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފި

ހދ.ކުޅުދުއްފުށި ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކުޅުދުއްފުށި ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:16 ހާއިރު ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ސިފައިން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 04:40 ހާއިރުއެވެ.

މި ހާދިސާ އާ ގުޅިގެން އެ ގޭ ތެރޭގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ސިފައިން ވަނީ ދުން ބޭރު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އަދި މި ހާދިސާގައި އެ ގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީޤުކުރަމުންނެވެ.

މިއަދު އޮންލައިން