ބޯޓަކުން ބައެއް ތަކެތި ކަނޑަށް ދޫވެފައިވާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ބޯޓަކުން ބައެއް ތަކެތި ކަނޑަށް ދޫވެފައިވާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފި!

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ދިނަޝަ" ބޯޓް ދިޔަވުމާ ގުޅިގެން އެ ބޯޓުން ކަނޑަށް ދޫވެފައިވާ ބައެއް ތަކެތި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.

މ.އަތޮޅު ކުރެލި ކަނޑުގެ ސަރަޙައްދުން "ދިނަޝަ" ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:40 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެސަރަހަށްދަށް ގޮސް ހާބަރ ކްރާފްޓް ލޯންޗުގެ އެހީތެރިކަމާއެކު މ.ކޮޅުފުއްޓަށް މިއަދު މެންދުރު 12:08 ހާއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ވަދެފައެވެ. 7 މީހުންނާއެކު ދަތުރުކުރި މި ބޯޓް ދިޔަވުމާ ގުޅިގެން 30 ވަރަކަށް ގޭސްފުޅިއާއި 100 ފެންކޭސް ވަނީ ކަނޑަށް ދޫކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މިއަދު އޮންލައިން