ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިފާރަވެރިން ފިސްތޯލް ބޭނުން ކުރަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ލައިވް ވަޒަނާއެކު ރައީސް ރައީސް ނަޝީދުގެ ހަށިފާރަވެރިން ފިސްތޯލް ބޭނުންކުރަން ފެށީ އެމަނިކުފާނަށް ތަފާތު އެކި ގޮތް ގޮތަށް އިންޒާރު ލިބެމުން އަންނަ ކަމަށް ބުނެއެވެ. ފިސްތޯލް ބޭނުން ކުރަން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ، ވީއައިޕީ ސެކިއުރިޓީއާ ގުޅޭ މައުލޫމަތަކީ ކްލެސިފައިޑް މައުލޫމާތެއް ކަމަށާއި އެހެން ކަމުން ވީއައިޕީންގެ ސަލާމަތާ ގުޅޭ މައުލޫމާތެއް ހިއްސާ އެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ލިބިވަޑައިގެންނެވި ކަމަށް އޭރުގެ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔާ އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވާ އޯޑިއޯ އެއް 2013 ވަނަ އަހަރު ވަނީ ލީކް ވެފަ އެވެ.