ކަނޑުވައި އިބްރޭގެ އިންޒާރު ރައީސް ނަޝީދަށް: ރާއްޖޭގެ އެންމެން ކާފަރެއް ނުކުރެވޭނެ!

ކިޔުމަށް ހޭދަވާނީ 1މ 48ސ
ކަނޑުވައި އިބްރޭގެ އިންޒާރު ރައީސް ނަޝީދަށް: ރާއްޖޭގެ އެންމެން ކާފަރެއް ނުކުރެވޭނެ!

"ރާއްޖޭގެ ސިޔާސީ މީހުން އިސްލާމް ދީނަށް ނު އުރެދި، ޙަރާންކޯރު ނުވެ، ރައްޔިތުންނަށް ގޯނާ ނުކޮށް، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ވާޖިބް އަދާކުރަން އުޅުނިއްޔާ ކީއްތޯ ވާނީ؟

 

އެމްޑީއެންގެ ލޭބަލްގެ ކޯޓު ފައްސުވައި ހުރިހާ ރައްޔިތުން އެ ތުރުކުރާކަށް ނޭނގޭނެ! ރައީސް ނަޝީދް!" —އިބްރާހީމް ރަޝީދު

 

އެމްޑީއެންގެ އެންމެ ވަރުގަދަ ސްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ ކަނޑުވައި އިބްރާހީމް ރަޝީދުގެ މި މެސެޖުން އެނގިގެންދަނީ އަނދިރިއަނދިރިން ރާއްޖޭގެ ރައްޔިތުންނަށް އެންގި އެންގުމުގެ ބިރުވެރި އަދި ނުރައްކައުތެރި ރަނގަބީލުގެ އަޑު ދިވެހި ފަސްގަނޑުގައި ގުގުމަމުންދާ ކަމެވެ. އަދި ރައީސް ނަޝީދު އެފަދަ އަމުރެއް ކުރެއްވި ނަމަވެސް އެމްޑީޕީގެ މެންބަރުންވެސް ހިމެނޭ ގޮތަށް ދިވެހި ރައްޔިތުން އެ އެންގުން ބަލައި ނުގަންނާނެ ކަމެވެ!

 

އެމްޑީއެންގެ ލޭބަލަކީ ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމެވެ. ދީނުގެ ނަމުގައި މީސްތަކުން އުފައްދައިގެން މިއުޅޭ ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އެއީ އެމީހާގެ މިނިވަންކަން ކަމެވެ. ވީމާ އިބްރާހީމް ރަޝީދު ވަރަށް ސާފުބަހުން ވިދާޅުވެފައި އެވަނީ ދިވެހި ރައްޔިތުން ދިވެހިންނަކީ އެތީސްޓް، ސެކިޔުލާރ، ހުރިހާ ދީން ހުއްދަ ފިކުރުގެ މީހުންނަށް ހަދަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމެވެ. އަދި ރައީސް ނަޝީދު ރައްޔިތުންނަށް އެފަދަ އަމުރެއް ކުރެއްވި ނަމަވެސް ރައްޔިތުން ތިބީ އެކަން ބަލައިގަންނަން ނޫން ކަމެވެ. ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅުވި ނަމަވެސް ރާއްޖޭގެ ރައްޔިތުން ކާފިރު ނުކުރެވޭނެ ކަމެވެ.

 

(ބައެއް ކިޔުންތެރިން  އިބްރޭގެ ޓްވީޓްގެ މާނަ އޮޅުވައިލީކަމަށް ވިދާޅުވާނެތީ ކުރީ ބައިގައި ދަންނަވަމެވެ. ޚަބަރު ލިޔެފައި އޮންނާނީ އިބްރޭ ބޭނުންވެލައްވާ މާނައިގައެވެ.)

 

މިއަދު އޮންލައިން