މިއަހަރު ސަރުކާރުން ދިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ތެރޭގައި ހިމަނައިގެން އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް އަދި ޝަހީދުކޮށްލާފައިވާ އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް ދީފިއެވެ.
މި ދެ ޢިލްމުވެރިންނަކީވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ދީނީ ޢިލްމު އުނގަންވައި ދެއްވުމަށް ވަރަށް ގިނަ ޚިދުމަތްތައް ކުރައްވާފައިވާ 2 ޢިލްމުވެރިންނެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް ދިފައެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 5 ބޭފުޅުންނަކީ:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް
2- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް
3- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ވަޙީދު މ. މަޑުލު
4- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ސައްޔިދު ޢަލީ މއ. މާފަތްވަރު
5- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް