ރާއްޖެއަށް މިދުވަސްކޮޅު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާރޓް އަދި މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ.
އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.
ޔެލޯ އެލާރޓް ނެރުންތާ ދޮޅުގަޑިރުވަރު ފަހުން މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފައިވާއިރު، މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. ވައިޓް އެލާރޓް ނެރެފައިވަނީ މެންދުރު 12:30 ން ފެށިގެން ހަވީރު 16:00 އާއި ހަމަށެވެ.
ޔެލޯ އެލާޓް ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:
· ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިވެހެ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާކުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
. ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
· ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.