ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ޝްރީލަންކާ އާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް: މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 45ސ
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ޝްރީލަންކާ އާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް: މެޓް އޮފީސް

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ޝްރީ ލަންކާ އާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެތް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މިކޮޅުގަނޑު އިތުރަށް ބާރުގަދަވެ، ރާއްޖެއާއި ކައިރިން ހުޅަނގު އުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށެވެ.

މިކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުރުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ބޯކޮށް ވާރޭވެހި ވަޔާއި ކަނޑު ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަލާމުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

މިއަދު އޮންލައިން