ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އިޓަލީގެ އަމިއްލަ އެއަރލައިން އެއާ އިޓާލީން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު، މިއަދު ރާއްޖެ އައިސްފައި ވަނީ އެއާ އިޓާލިއާގެ އެއާބަސް އޭ330 މަރުކާގެ ބޯޓެކެވެ.

އެއާ އިޓަލީއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން، އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް އޭޖެންޓް ޖިއޮޖިއާ މަރައްޒީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެއާ އިޓަލީ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.
އެއާ އިޓަލީ އަކީ އިޓަލީގެ ދެވަނައަށް އެންމެބޮޑު އެއަރލައިން އެވެ.