ގާފަރުގައި ފެން ބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ގާފަރުގައި ފެން ބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް  ސިފައިން ކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ.ގާފަރަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެ، ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ކޮށްފިއެވެ.



އިއްޔެ މެންދުރުން ފެށިގެން ގާފަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކާ ކުރިމަތިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މާލޭ އޭރިއާއަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:00 ހާއިރުއެވެ.

މި ކަމުގެ މަޢުލޫމާތު ލިބުމާއެކު މާލޭ އޭރިއާގެ ސިފައިންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް)ގެ ޓީމެއް ވަނީ ފެންހިއްކާނެ ޕަންޕާއެކު އެރަށަށް ގޮސް ފެން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.


ވިއްސާރައިގައި އެ ރަށުގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ތިން ސަރަހައްދެއްގައި ސިފައިން ވަނީ ފެންހިއްކާ ޕަމްޕު ބަހަށްޓައިގެން ފެންހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

މިއަދު އޮންލައިން