ބިރުވެތިވާން ޖެހޭނީ ހަމައެކަނި ﷲ އަށް ކަމަށް ވިދާޅުވެ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އުވާލަން ގޮވާލުމަށް ބުނަން ޖެހޭ ޙައްޤު ބަސް ބުނުމުގައި ސާބިތުވެ ތިބުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ 124 ކައުންސިލަކުން މިހާރުވެސް ވަނީ އަޑު އުފުލާފައިކަމަށެވެ. އަދި ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނެ ހަމައެކަނި ދީން ކަމުގައި ވާ އިސްލާމް ދީން މަތިވެރިކުރުމަށް ކުރަން ޖެހޭ ކަންކަމުގައި އެއްވެސް ވަރަކަށް ފަސްޖެހުމެއް ނެތް ކަމަށެވެ.
"ފުރަތަމަ އޮންނާއީ އިސްލާމް ދީނާއި ޤައުމު! ވަޒީފާއަށް – މަޤާމަށް ބިރުވެތިވެވަޑައި ނުގަންނަވާ! ބިރުވެތިވާން ޖެހޭނެ ހަމައެކަނި ފަރާތަކީ ﷲ ތައާލާ!" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.