މަހަށް ގޮސް އުޅުނު ޒުވާނަކު ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 36ސ
މަހަށް ގޮސް އުޅުނު ޒުވާނަކު ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ނިޔާވެއްޖެ!

ކ. ގުރައިދޫއިން މަހަށް ނުކުތް ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔަވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 23 އަހަރުގެ ފިރިހެނަކު ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައިވާކަމުގެ މައްސަލައެއް ރޭ ދަންވަރު 03:58 އެހާކަންހާއިރު އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

އެ މީހާ މިއަދު ހެނދުނު 06:55 އެހާކަންހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެޒުވާނާ ނިޔާވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން ނިޔާވެފައިވާ ޒުވާނާ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށާއި މި މައްސަލަ ތަހުޤީގުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއަދު އޮންލައިން