އައިޖީއެމްއެޗްގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ އާސަންދައިން އަގު އަދާކުރާ ގޮތަށް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އާސަންދައިން ގެންދަނީ އަމިއްލަ ހޮސްޕިޓަލްތަކުގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަންވެސް ކޮންމެ ޕޭޝަންޓަކަށް 60000 ރުފިޔާ ޚަރަދުކުރަމުންނެވެ.
އައިޖީއެމްއެޗުން ހޯދާ ފަރުވާއަށް އަމިއްލަ ޖީބުން ޚަރަދުކުރަން ނުޖެހޭތީ އައިޖީއެމްއެޗްގައި ކަކުލުހުޅު ބަދަލުކުރަން ވެސް ޕޭޝަންޓް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އޭޑީކޭއިން ވަނީ ޕޭޝަންޓް އަތުން އެންމެ 3000 ރުފިޔާ ޚަރަދުކުރުން ކަކުލުހުޅު އޮޕަރޭޝަން ކުރެވޭނެ ނިޒާމެއް އިފްތިތާޙްކޮށްފައެވެ.
އާސަންދަ އަކީ ރައްޔިތުންނަށް ބޭސްފަރުވާކޮށްދިނުމަށް ރައްޔިތުން އަތުން ދައުލަތަށް ނަގާ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިންގާ ސްކީމެކެވެ. މިސްކީމުން ކުރާ ޚަރަދުތަކަށް ސީދާ ބަލިމީހާ އަތުން އެވަގުތު އަގުދައްކަން ނުޖެހުނު ނަމަވެސް އެޚިދުމަތުގެ އަގު އަދާކުރަނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައްޔިތުންގެ އަތުން ސަރުކާރަށް ނަގާފައި ހުންނަ ފައިސާއިންނެވެ.