އެމްޑީއެން އުވާލަން ނިންމައި ދަރަނި އަދާކުރަން 45 ދުވަސް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެމްޑީއެން އުވާލަން ނިންމައި ދަރަނި އަދާކުރަން 45 ދުވަސް ދީފި

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްދީއެން އުވާލަން ޖަމިއްޔާ ތަކުގެ ބެލެނިވެރިފަރާތް، ޔޫތްމިނިސްޓްރީން ނިންމައި އެކަން އެމްޑީއެންއަށް އަންގައިފިއެވެ. އަދި އެކަން ހާމަކޮށް ކުރި އިއުލާނުގައި ބުނެފައިވަނީ ޖަމިއްޔާތައް އުވާލުމުގެ ކުރިން ދަރަނި އަދާކުރަން ދޭން ޖެހޭ 45 ދުވަހުގެ މުއްދަތު އެމްޑީއެންއަށް ދީފައިވާ ކަމަށެވެ.

އެމްޑީއެން އިން އިސްލާމް ދީނާއި ދެކޮޅަށް ހިންގި ޖަރީމާ އަކީ ނެރުނު ދިރާސާ ރިޕޯޓެއް ކަމަށް އެ ޖަމިއްޔާ އާއި އެ ޖަމިއްޔާގެ ބެލެނިވެރިން ބުނަމުން އައި ނަމަވެސް އެއިގައިވާ ލިޔުންތަކަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް އަދި މުސްލިމުންގެ ޢަޤީދާ އާއި ވެސް ޚިލާފް ލިޔުންތަކެއްކަން ދީނީ ޢިލްމުވެރިން ވަނީ ސާބިތުކޮށްދެއްވައިފައެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ދުނިޔޭގެ ފެންވަރުގައި ހިންގި މި ބޮޑު ޖަރީމާ ހިންގި މީހުންގެ މައްޗަށް ރެޑްނޯޓިސް ނެރެގެންވެސް ރާއްޖެ ގެނެސް މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ރިޕޯޓާއި ގުޅިގެން ދައުވާ އުފުލައިފައެވެ.

ޢިސްލާމް ދީނަށާއި ﷲ ތަޢާލާއަށް އަދި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކޮށް ކީރިތި ޤުރްއާނަކީ ޙަޤީޤަތެއް ނޫން ކަމަށް ބުނުމަކީ އިސްލާމް ދީނުގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑެތި ކުށްތައް ކަމުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަމުންނެވެ. އަދި އެއީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށްވެސް ދީނީ ޢިލމުވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ.

މިއަދު އޮންލައިން