ރާއްޖޭގައި ސައިކަލްވިއްކާ ލިޓަސް ފިހާރައިން މިމަހުގެ 15 ވަނަ ދުވަހު ހެލްމެޓް ބަހަން ނިންމައިފި އެވެ.
ލިޓަސް ފިހާރައިން ބުނެފައިވަނީ ސީއެސްއާރު ހަރަކާތެއްގެ ގޮތުން މިފަހަރު 800 ހެލްމެޓް ބަހަން ނިންމައިވާކަމަށެވެ. މީގެ ކުރިން ވެސް ލިޓަސްގެ ޖަނަވަރީމަގުގައި ހުންނަ ޝޯ ރޫމްއިން ވަނީ ހެލްމެޓް ބަހާފައެވެ.
މިފަހަރު މިބަހާ ހެލްމެޓް ތަކަކީ ލިޓަސް އިން ބަހަން ފެށި 3000 ހެލްމެޓްގެ ބާކީ ހުރި ހެލްމެޓްތައް ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.
މި ހެލްމެޓްތަކުގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އެފިހާރައިން ވަނީ ބުނެފައެވެ.