ކުރިއަށް އޮތް 04 އަހަރަށް، އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ދިވެހިރާއްޖޭގެ ޝޫޓީންގ އެސޯސިއޭޝަންގެ ރައީސް، މޭޖަރ ޖެނެރަލް ރިޓަޔާރޑް މުޙައްމަދު ޒާހިރު އިންތިޙާބް ކޮށްފިއެވެ. މިއީ މި ބޯޑަށް އެމަނިކުފާނު އިންތިޚާބްވި ދެވަނަ ފަހަރެވެ.

އޭޝިއާގެ ޝޫޓިންގ މައި އިދާރާ ކަމުގައިވާ އޭޝިއަން ޝޫޓީންގ ކޮންފެޑެރޭޝަން "އޭ.އެސް.ސީ" ގެ އެގްޒެކެޓިވް ބޯޑުގެ މަޤާމްތަކަށް މެންބަރުން އިންތިޚާބް ކުރުމަށް، 02 ނޮވެންބަރ 2019 ގައި ބޭއްވުނު މިޖަމިއްޔާގެ "ޖެނެރަލް އެސެންބްލީ" ގައި، އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަޤާމްތަކަށް މެންބަރުން ވަނީ އިންތިޚާބް ކޮށްފައިވެއެވެ. މިގޮތުން 02 ނޮވެންބަރ 2019 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 04 އަހަރަށް، އޭ.އެސް.ސީގެ ޕްރެޒިޑެންޓް ގެ މަޤާމަށް ހޮވިފައިވަނީ ކުވޭތުގެ އަމީރު ޝޭޚް ސަލްމާން އަލް-ޞަބާހް އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިފައިވަނީ، ކުވޭތު ޝޫޓިންގ ސްޕޯރޓްސް ފެޑެރޭޝަންގެ ރައީސް ޝޭޚް އަލް-ދުއެއިޖް އަލް އުތައިބީ އެވެ. މީގެ އިތުރުން އެގްޒެކެޓިވް ބޯޑުގެ އެހެން ހުރިހާ މަޤާމްތަކަށްވެސް މެންބަރުން ވަނީ އިންތިޚާބް ކޮށްފައިވެއެވެ.
އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަންގެ ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިންގ އެސޯސިއޭޝަންގެ ރައީސް އިންތިޚާބްވުމަކީ، ޝޫޓިންގެ އެސޯސިއޭޝަނަށާއި މި ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.