ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާ ޚިލާފަށް ކަންކަން ކުރަން އެމްނެސްޓީން އަމުރުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އާ ޚިލާފަށް ކަންކަން ކުރަން އެމްނެސްޓީން އަމުރުކޮށްފި!

ދިވެހި ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން އުވާލަން ސަރުކާރުން ނިންމުމުން އެމްނެސްޓީ އިންޓަރނޭޝަނަލް ކިޔާ ބައަކަށް އެކަން ކަމުނުގޮސްގެން ދައުލަތުގެ ނިންމުން އަނބުރާ ގެންދަން ގޮވާލިއިރު ހީވަނީ ދިވެހި ދައުލަތް ހިންގަން ޖެހޭނީ އެ ޖަމާއަތުން އަންގާ ގޮތަކަށް ކަމަށެވެ. 

އެމްނެސްޓީއަށް ނުއެނގުނު ކަމަކީ ދިވެހި ދައުލަތް ހިންގަނީ ޤާނޫނު އަސާސީއެއްގެދަށުން ކަމާއި އެޤާނޫނު އަސާސީއަށް ދިވެހި ސަރުކާރުން އަމަލުކުރާނެ ކަމެވެ. ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ރާއްޖޭގެ ކަންކަން ހިންގުމުގެ ބާރު ދިވެހިދައުލަތަށް ލިބިފައިވާކަންވެސް އެ ޖަމާއަތަށް އެނގިފައެއް ނުވެއެވެ.   

އެމްނެސްޓީ ނަމަވެސް އަދި އެހެން ނަމެއް ކިޔާ ޖަމާއަތަކަށްވިޔަސް އަދި އެހެން ނަމެއް ކިޔާ ބާރެއް ނަމަވެސް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ދިވެހި ދައުލަތުން ކުރާ ކަންކަމަށް ފާޑުކިޔައި ޤާނޫނު އަސާސީ އާއި ޚިލާފަށް ކަންކަން ކުރަން ދިވެހި ދައުލަތުގެ މައްޗަށް ބާރު އެޅުމުގެ އެއްވެސް ޙައްޤެއް އދ އިން ދީފައިވާ އެއްވެސް ޤަރާރެއް ނެތް އިރު އެފަދަ ޤަރާރެއް ފާސްކުރި ނަމަވެސް އަމަލުކުރަންވެސް ނުޖެހޭނެކަން އެމްނެސްޓީއަށް ނުއެނގުމުން އެ ޖަމިއްޔާގެ މުސްތަޤިއްލު ކަމާއިމެދު ދިވެހި ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ސުވާލު މިހާރު ވަނީ އިތުރުވެފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް އަކީ އަބަދުވެސް ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ މީހުންނާއި ޖަމާއަތްތަކަށް ވާގިވެރިވެ ހިތްވަރުދެމުން އަންނަ ޖަމާއަތެކެވެ. އެހެންކަމުން ޞައްޙަ ދިވެހި ރައްޔިތުން އެ ޖަމިއްޔާގެ އެފަދަ ގޮވާލުންތައް އެއްވެސް އިރެއްގައި ބަލައެއް ނުގަނެވެ.

 

 

މިއަދު އޮންލައިން