މިއަދު ހިނގިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ސިފައިން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މިއަދު ހިނގިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ސިފައިން ދީފި

މިއަދު ހިނގިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި ގިރިފުށީގެ ތަމްރީނުތަކުގަ ލައިވް ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން މިގޮތަށް ނިންމައި އެކަން ހާމަކުރީ މިއަދު ހިނގި ހާދިސާ އާއި ގުޅިގެން ޢާންމުކުރި ބަޔާނެއްގައެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ ލައިވް ވަޒަން ބޭނުންކުރުމަކީ ތަމްރީނުތަކުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑަށް އިސްކަން ދެނީ މީހުންނާއި ސިފައިންގެ ސަލާމަތަށް ކަމަށެވެ. ގިރިފުށި ސަރަހައްދަކީ ގިނަ ބައަކު ދަތުރުކުރާ ސަރަހައްދަކަށްވުމުން އެ ސަރަހައްދަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން މިއަދު ހިނގައިދިއަ ހާދިސާއަށްޓަކައި ހިތާމަކޮށް މާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުވިއަ ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން