މިދިއަ އަހަރެކޭވެސް އެއްގޮތަށް، އަހަރުގެ ފަހުކޮޅަށް އަމާޒުކޮށްގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިގެންދާކަމުގައި ރެޑްވޭވުން ބުނެފިއެވެ.
ރެޑްވޭވުން ބުނެފައިވަނީ ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނާތީ މިހާރު ނިންމާފައިވަނީ އަހަރީ ބާޒާރުގެ ފަހު ދެމަހު، ކަސްޓަމަރުން އިތުރު އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.

10 ނޮވެމްބަރ 2019 އިން ފެށިގެން 15 ޖެނުއަރީ 2020ގެ ނިޔަލަށް މިއޮފަރ ކުރިއަށް ގެންދާ މި ޕްރަމޯޝަނުގައި އަންނަ އާދިއްތައިން ފެށިގެން، ކޮންމެ ހަފްތާއަކު، 200ރުފިޔާއިން ފެށިގެން މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މިޕްރޮމޯޝަންގެ ތެރޭ، ރެޑްވޭވްގެ "ހަފްތާސޭލް" ކުރިއަށްދިއަ ފަދައިން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ. އަދި މިއާއިއެކު ގިނަ އަދެދެއްގެ ސާމާނުވަނީ "ކްލިއަރެންސް ސޭލް" އަޅުވައި ވަރަށް ބޮޑަށް އަގު ހެޔޮކުރެވިފައެވެ.

އަހަރީ ބާޒާރުގެ ތެރޭގައި ގިނަ އަދަދެއްގެ ބްރޭންޑް ރެޑްވޭވުންދަނީ ތައާރަފްކުރަމުންނެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއަރކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކިވައްތަރުގެ އިލެކްޓްރޯނިކްސް އަދި ފަރުނީޗަރ ރެޑްވޭވުންވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ މާރކެޓުގައި ކަސްޓަމަރުންގެ އިތުބާރުލިބިފައިވާ ބްރޭންޑްތަކަކެއް ރާއްޖޭގެ މާރކެޓަށް، އަހަރީބާޒާރުގެ ތެރޭގައި ތައާރަފްކުރެވިގެންދާނެކަމަށް ރެޑްވޭވުން ބުނެއެވެ.