ލޯންޗެއް ބަންޑުން ޖަހާލައި ފަތުރުވެރިއަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ލޯންޗެއް ބަންޑުން ޖަހާލައި ފަތުރުވެރިއަކު މަރުވެއްޖެ

މިއަދު ހިނގި ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާއެއްގައި ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ ކުޑަހުވަދޫ ކަނޑުއޮޅިއަށް ލޯންޗް ބަންޑުން ޖަހައިލި ހާދިސާ ރިޕޯޓްކޮށްފައިވަނީ ހަވީރު 4.10 ހައިއިރު ކަމަށެވެ. އަދި އެއިރު ލޯންޗްގައި 4 ބިދޭސީންނާއި 2 ދިވެހިން ތިބި ކަމަށެވެ. ލޯންޝްގައި ތިބީ ސްވިޑްންގެ ހަތަރު ފަތުރުވެރިން ކަމަށާއި މަރުވެފައިވަނީ އެއިގެ ތެރެއިން ފަތުރުވެރިއެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މި ހާދިސާގައި ކަނޑުވި އެންމެންނަށް ކުޑަހުވަދޫ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. 

ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ މަސް ބާނަން ގޮސް އުޅުމުގެ ތެރޭގައި ފަރަކާއި މާބޮޑަށް ކައިރިކޮށްލެވުނު ވަގުތަކު ނެގި ރާޅެއް ގައި ލޯންޗް ބަންޑުން ޖަހައިލުން ކަމަށެވެ. އަދި މިއަދަކީ ދ އަތޮޅަށް ކަނޑުމަޑު މޫސުންވެސް ރަނގަޅު ދުވަހެއް ކަމަށްވެސް ބުނެފައިވެއެވެ. 

ފަތުރުވެރިން ގޮވައިގެން ދަތުރުކުރާއިރު ލައިފް ޖެކެޓް ނުއެޅުވުމުގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

މިއަދު އޮންލައިން