ޕޮޓޯ ސޯސަލް މީޑިޔާ
ޑައިވިން އަށް ގޮސް އުޅުނު 25 އަހަރުގެ ޗައިނާގެ ފަތުރުވެރިއެއް މަރުވެއްޖެއެވެ،
ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:04 ހާއިރުއެވެ.
މިހާތަނަށް ބެލި ބެލުމުން އެ މީހާ މަރުވެފައިވަނީ ޑައިވިން އަށް ގޮސް އުޅުމަށްފަހު ދޯންޏަށް އެރިފަހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގެ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުުލުހުން ބުނިއެވެ.