ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިޔާ ދެ ބޯޓު ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 29ސ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިޔާ ދެ ބޯޓު ހިފަހައްޓައިފި

 

ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 29 ނޯޓިކަލް މޭލު ބޭރުން، މަސްވެރިކަން ކުރާ ވައްތަރުގެ އިންޑިޔާ ދެ ބޯޓު ފެނިގެން އެމްއެންޑީއެން ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި ދެ ބޯޓު މިހާރު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ހއ.އުލިގަމު ބޭރުގައި ބަނދަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"އެއް ބޯޓުގައި 9 މީހުން އަދި އަނެއް ބޯޓުގައި 10 މީހުން ތިބި" އެމްއެންޑީއެފުން ބުނެއެވެ.

 އެމްއެންޑީއެފުން ބުނީ 2 ބޯޓުގައި ނަގާފައި ހުރީ އިންޑިއާގެ ދިދަ ކަމަށެވެ.

 

މިއަދު އޮންލައިން