ބްރިޖު މަތީހިނގި އެކްސިޑެންޓެއްގައި ތޭރަ އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ބްރިޖު މަތީހިނގި އެކްސިޑެންޓެއްގައި ތޭރަ އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެ!

ބްރިޖު މަތީ މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވި ކުޑަކުއްޖާ ގެންގޮސްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އަދި މި ކުއްޖާއާއި އެކު ދަތުރުކުރަމުން ދިޔަ އޭނާގެ މަންމަ އަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

51 އަހަރުގެ މި އަންހެނެއް މީހާއަކީ ގދ. މަޑަވެއްޔަށް ނިސްބަތްވާ މީހެއްކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކުޑަކުއްޖާ އޭނާގެ މަންމައާއެކު ދަތުރުކުރި ސައިކަލު، ބަހެއްގައި ޖެހިގެންނެވެ.

މިއަދު އޮންލައިން