އަފްރާޝީމްގެ މަަރުގެ ތުހުމަތު ކުރެވޭ އެމްޑީޕީގެ އެކްޓިވިސްޓް ޝާން ސަސްޕެންޑްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
އަފްރާޝީމްގެ މަަރުގެ ތުހުމަތު ކުރެވޭ އެމްޑީޕީގެ އެކްޓިވިސްޓް ޝާން ސަސްޕެންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަަރުގެ މައްސަލައިގައި މަރުތަކާ ބެހޭ ކޮމިޝަނުން  ތުހުމަތު ކުރާ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ޝާން (ސަޓޯ) އޭނާ އަދާކުރަމުންދާ ވަޒީފާއިން މިއަދު ސަސްޕެންޑްކޮށްފިއެވެ.

ޝާން ވަޒީފާ އަދާކުރަމުން ގެންދަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ (ޖީއެމްޒެޑްއަައިއެލް) ތިލަފުށީ ސައިޓްގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

އަފްރާޝިމްގެ މަރާބެހޭގޮތުން މަރުތަކާ ބެހޭ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިއިރު ޑރ އަފްރާޝީމް އަލީ މަރާލުމުގެ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

ޝާން ވަޒީފާއިން ސަސްޕެންޑު ކޮށްފައިވަނީ ރައީސް އޮފީހުން އަންގައިގެންނެވެ.

 

 

މިއަދު އޮންލައިން