ކުރެއްދޫ ރިސޯޓުގަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 33ސ
ކުރެއްދޫ ރިސޯޓުގަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ!

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިހާދިސާގައި މަރުވެފައިވަނީ އުމުރުން 69 އަހަރުގެ އިނގިރޭސި (ބްރިޓިޝް) އަންހެނެއް ކަމަށެވެ.

މިހާދިސާ ހިނގުމުން އެރިސޯޓުގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ނާންގާ އެފަތުރުވެރިޔާގެ ހަށިގަނޑު ސީޕްލޭނަކަށްލާފައި މާލެ ފޮނުވާލުމަށްފަހު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެހެން ނަމަވެސް އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފަތުރުވެރިޔާ އޮތީ މަރުވެފައި ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން