މި ލިޔުމުގައި އެވަނީ "އެބާވަތުގެ ކަމެއްގެ ތެރޭގަޚާއްޞަކޮށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ނޫޅޭނެ ކަމާއިމެދު އަޅުގަނޑުގެ ހިތުގަ އެއްވެސް ޝައްކެއް ނުހިނގާ" ކަމަށް ވިދާޅުވެ 2012 ވަނަ އަހަރު ރައީސް ނަޝީދު ހދ ވައިކަރަދޫގައި ދައްކަވާފައިވާ ވާހަކަފުޅެކެވެ.
ޢޯޑިއޯ އަޑު އައްސަވައިލައްވާށެވެ! ފުލުހުންނާއި މަރުކޮމިޝަނުން އޮޑިއޯގެ ޞައްޙަކަންވެސް ކަށަވަރު ކުރައްވާށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެބާވަތުގެ ކަމެއްގައި މީހަކަށް ޝައްކުކުރަން ޖެހޭނީ ފުރިހަމަ ތަޙްޤީޤެއް ހިންގައި ފޮރެންސިކް ހެކިތަކާއިއެކުގައި ސައިންޓިފިކް ތަޙްލީލުތަކުން ލިބޭ ހެކިތަކުގެ މައްޗަށް ކަމަށެވެ.
އެބާވަތުގެ ތަޙްލީލުތަކެއް ކުރަން މަރުކޮމިޝަނުން ކުރި ހަމައެކަނި ކަމަކީ ކުރީގެ ބަޔާންތަކުން ބޮޑުބައެއް "ދިރުވައިލުމެވެ". ނުވަތަ ކޮމިޝަނުގެ ބަޔާނުގައި ނުހިމެނުމެވެ.
ވީއިރު ކުޑަކޮށްވެސް ޤަބޫލުފުޅު ނުކުރައްވާ ކަމެއްގައި މިއަދު ލިބިވަޑައިގެންފައިވާ ތަހްލީލުތަކުގެ ރިޕޯޓުތަކާއި ތަޙްލީލުކުރި ފަރާތެއް ޢާންމުކުރެއްވުމަކީ ރައީސް ނަޝީދުގެ ކިބައިން މުޅި ޤައުމު އެދޭ އެދުމެކެވެ. އެހެނީ ޑރ. އަފްރާޝީމްގެ ޤާތިލުން ހޯދަން މުޅި ޤައުމު ވެސް ބޭނުންވެއެވެ.
މިކަންކަމުގެ އިތުރުން ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ބޭރުން އައިސް އެކަންކޮށްފައި ފުރައިގެން ދިއަ މީހުންގެ މައުލޫމާތުވެސް މެއެވެ.
ގުޅުންހުރި އޯޑިއޯ: