އުޅަނދުތައް ޤަވާއިދުން ފީ ދައްކާ! ހާލުގަ ޖެހުނީމަ ސަލާމަތްކޮށްދެވެން ޖެހޭނެ: ޢަލީ ރިޒާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އުޅަނދުތައް ޤަވާއިދުން ފީ ދައްކާ! ހާލުގަ ޖެހުނީމަ ސަލާމަތްކޮށްދެވެން ޖެހޭނެ: ޢަލީ ރިޒާ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ ހުރިހާ އުޅަނދުތަކުން ދަނީ ޤަވާއިދުން އަހަރީ ފީ ދައްކަމުން ކަމަށާއި އެހެންކަމުން ފަރަށް އެރުމާއި އެނޫންވެސް ގޮތަކުން ޙާލުގައި ޖެހިއްޖެ ނަމަ އުޅަނދުތައް ސަލާމަތްކޮށްދެވޭނެ އިންތިޒާމެއް ސަރުކާރުގެ ތެރެއިން ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ޢަލީ ރިޒާ ވިދާޅުވީ މުޅި ޢާއިލާ ދަރަނިވެރިވެގެން އުފައްދާ އުޅަނދު ފަރަށް އެރުމުން ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތް ހުއްތި ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިފެންނަނީ އުޅަނދުތައް ސަލާމަތް ނުކުރެވި ހަމައެކަނި މީހުން ސަލާމަތް ކުރެވޭތަން ކަމަށެވެ.

ޢަލީ ރިޒާ ވިދާޅުވީ ދައުލަތަށް ނަގާ ފީތައް ވާން ޖެހޭނީ ފީ ދައްކާ މީހުންގެ ޙައްޤުތައް ރައްކައުތެރިކޮށް ދެވޭފަދަ ޚަރަދުތައް ކުރާ ފީތަކަކަށެވެ. ރާއްޖޭގެ ޙާލަތު މިދަނީ ބަދަލުވަމުން ކަމަށާއި އެހާލަތާއި އެއްގޮތަށް ކަންކަން ބަދަލުވަމުން ދާން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން