ޚާއްޞަ އެހީއަށް ބޭނުންވާ 5 އަހަރުގެ އަންހެން ކުއްޖަކު ގެއެއްގެ 4 ވަނަ ފަންގިފިލާއިން ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ހެންވޭރު ވައިޖެހޭ މަގުގައި ހުރި ގެއެއެއްގެ 4 ވަނަ ފަންގިފިލާއިން ކުއްޖާ ވެއްޓުނު މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 2.28 ގައި ކަމަށާއި ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.
އަދި މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.