ޢަރީފް ރިޓަޔަރ ކުރައްވައިފި- ސްޕްރީމް ކޯޓު ހިންގުން އަޒްމިރަލްދާ އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޢަރީފް ރިޓަޔަރ ކުރައްވައިފި- ސްޕްރީމް ކޯޓު ހިންގުން އަޒްމިރަލްދާ އަށް!

ސްޕްރީމް ކޯޓު ހިންގުމާއި ޙަވާވެ ހުންނެވި ފަނޑިޔާރު ޢަބްދުﷲ ޢަރީފް ރިޓަޔރ ކުރައްވައިފިއެވެ. ޖޭއެސްސީން ބުނީ ޢަރީފް ރިޓަޔަރ ކުރެއްވީ ޞިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ޖޭއެސްސީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ޢަރީފް ރިޓަޔަރ ކުރެއްވުމުން ސްޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން ޢައްޔަނު ކުރެއްވި އަޒްމިރަލްދާ ޒާހިރު އާއި ޙަވާލުކޮށްފައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ސްޕްރީމް ކޯޓު ހިންގުން އަންހެނަކާއި ޙަވާލުކުރެވުނު ފުރަތަމަ ފަހަރެވެ.

ސްޕްރީމް ކޯޓު ހިންގުން ޢަރީފް އާއި ޙަވާލުކުރެވުނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމާއި ގުޅިގެންނެވެ. ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ޢަބްދުﷲ ދީދީ އާއި އާދަމް މުޙައްމަދު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ.

މިއަދު އޮންލައިން