"އަޅުގަނޑުމެންގެ ވަރަށް ބޮޑަށް އާދޭހެއް މިއީ. މި އާދޭސް ނޫހުގައި ޖަހައިލަދޭންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮޕީކޮށް ސްޓެލްކޯއަށް ލިބޭ ގޮތަށް، އެ އާދޭހުގައި ދަންނަވައިދޭންވީ މައްޗަންގޮޅީ ރައްޔިތުންނަށްޓަކައި މާވެޔޮ މިސްކިތު ސަރަހައްދުގައި ހުރި ޑިސްޓްރިބިޔުޝަން ފޮށި ދުރައް ޖަވައިލަ ދެއްވާށޭ. އެމިސްކިތް އަޅާ މީހުން ބުނާ ގޮތަކަށް އެކަން އަވަހަށް ކޮށްލަ ދެއްވާށޭ! މިސްކިތް ނިމޭނެ އިރެއްގެ ސުވާލުކޮށްލާއިރަށް އެފަށަނީ އެ ފޮށްޓެއްގެ ވާހަކަ.

ދެން އިސްލާމިކް މިނިސްޓްރީގައިވެސް އެބަ ޖެހޭ ކަމަކަށް އެދެން. މިހެން ފަހަރަކު ކަމެއް ދައްކަން ނުޖެހޭނެ ގޮތަށް މިސްކިތް އަޅާ މީހުންނަށް ދަތިވާ، ނުވެހުރި ކަންކަމުގެ ލިސްޓެއް އެމީހުން އަތުން ހޯއްދަވައިދެއްވާށޭ! އެ ލިސްޓް އަޅުގަނޑުމެންނަށް ދެއްވާށޭ! އެއިރުން އަޅުގަނޑުމެން އެ ލިސްޓް ފުރިހަމަކުރާނަމޭ ސަލާން ޖަހައިގެންވެސް.

ސަރުކާރަކަށް ނޭނގޭ މައްޗަންގޮޅީ މީހުން ނަމާދުކުރަން ޖެހޭ ކަމެއް. މާވެޔޮ މިސްކިތް ތަޅައިލި ފަހުން އެތަނުގައި އުޑާ ވާހަކަ ދެއްކޭހައި އުސް އިމާރާތެއް ރަނުން ހަދާހައި ދުވަސްވެއްޖެ. އަނެއްކޮޅުން މާވެޔޮ މިސްކިތް ނުހުޅުވައި މަޖިދީމަގުގައި ހުރި ޛިކުރާ މިސްކިތް ތަޅާޅައިފި. މިއަހަރުގެ ރޯދައަށް މިއޮތީ ހައަކަ މަސް. ކީއް ކުރާނީ. ﷲ އަކްބަރު!"
- މިއީ މައްޗަންގޮޅި ރައްޔިތުންގެ ތެރެއިން ދުރު ސަރަހައްދަކުން ހިނގާފައި އައިސް މާފަންނު ބޮޑުގޭ ވަގުތީ މިސްކިތުގައި ނަމާދުކުރަމުންދާ ބައެއް މީހުންގެ އިޙްޞާޞްތައް އެމީހުންގެ ވިންދާއި އެއްގޮތަށް ގެނެސްދީފައިވާ ލިޔުމެކެވެ.