އެމްވީޓީވީ ޤުރުއާން މުބާރާތާ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ހާހެއްހައި ކުދިން ބައިވެރިވި މިދެމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ އޮތީ ރޭ 9:00 ގައި ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. މިހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިއްދޫ ދާއިރާގެ މަޖިލީސް މެންބަރު އަބްދުﷲ ވަޙީދުއެވެ.
ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ވަނަވަނައަށް އައި ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް، ކީރިތި ޤުރުއާން ކިޔެވުމުގައި އިތުރު ހަރުފަތަކަށް ވާޞިލްވުމަށް އިތުރަށް މަސައްކަތްކޮށް އިތުރު ހިތްވަރެއް ލުމަށް ގޮވާލެއްވިއެވެ.
އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ ޓައިޓަލް ސްޕޮންސާއަކީ ޖިލްބާބު އަދި އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ މެއިން ސްޕޮންސާއަކީ ދިރާޤު އަދި އެމްވީޓީވީ ޤުރުއާން މުބާރާތް 1440 ގެ ކޯ ސްޕޮންސާއަކީ މިލިޔަން ބުކްޝޮޕެވެ.
އެމްވީޓީވީ ޤުރުއާން މުބާރާތް 1439 ގެ ޓައިޓަލް ސްޕޮންސާއަކީ އައިކެއާރ އޮޕްޓިކަލްސް އަދި އެމްވީޓީވީ ޤުރުއާން މުބާރާތް 1439 ގެ މެއިން ސްޕޮންސާއަކީ ދިރާޤު އަދި އެމްވީޓީވީ ޤުރުއާން މުބާރާތް 1439 ގެ ކޯ ސްޕޮންސާއަކީ މިލިޔަން ބުކްޝޮޕެވެ.
މިމުބާރާތުން ވަނަވަނަ މަތީވަނަ ހޯއްދެވި ފަރާތަކަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއް އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވާ ޚާއްޞަ އިނާމު ހުށައަޅުއްވާފައިވެއެވެ.
އެމްވީޓީވީ ޖިލްބާބު ޤުރުއާން މުބާރާތް 1440 ގެ މުޅި މުބާރާތުން
1 ވަނަ : ނާހިދު ޢަބްދުލް ޙަމީދު
2 ވަނަ : އަޙްމަދު ނަބީހު ޢަބްދުލް ޤާދިރު
3 ވަނަ : މުޙައްމަދު ފަޔާޒު ފަޒީލް
އެމްވީޓީވީ އައިކެއާރ އޮޕްޓިކަލްސް ޤުރުއާން މުބާރާތް 1439 ގެ މުޅި މުބާރާތުން މުޅި މުބާރާތުން
1 ވަނަ : އައިމިނަތު ނަބާހާ ހުސައިން
2 ވަނަ : އިސްމާޢީލް ނަބްހާން ނަސީރު
3 ވަނަ : އަޙްމަދު އަލްސަން ޢަލީ
އެމްވީޓީވީ މަދަހަ މުބާރާތް 1440 މުޅި މުބާރާތުން
1 ވަނަ : އައިމިނަތު ޒަހާ ނިހާދު
2 ވަނަ : މަރިޔަމް ލައިސާ ބިންތު ޢަލީ
3 ވަނަ : އަދުޔަން މުޙައްމަދު ފަހީމް
އެމްވީޓީވީ މަދަހަ މުބާރާތް 1439 މުޅި މުބާރާތުން
1 ވަނަ : ޒޫޝަން ޖަވާދު
2 ވަނަ : އައިޝަތު ޒަހާ ޒިޔާދު
3 ވަނަ : އައިޝަތު ނައުރީން ހަމްދީ
މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމާއި މަދަހަ ކިއުމުގެ ރޫހުއާލާވެ ، ވާދަވެރިކަން ދުވަހެއް ދުވަހަކަށް އއިތުރުވަމުން އަންނަ ކަމަށް އެމްވީޓީވީން ބުނެއެވެ.