ރާއްޖޭގެ ސަރަހައްދުގަ ދާއަޅަމުންދިއަ 2 ބޯޓާ އިތުރު 5 ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރާއްޖޭގެ ސަރަހައްދުގަ ދާއަޅަމުންދިއަ 2 ބޯޓާ އިތުރު 5 ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާއަޅައިގެން މަސްވެރިކަން ކުރަމުންދަނިކޮށެވެ. 

އެމްއެންޑީއެފުން ބުނީ މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު "އަސުރުމާ – 3" ނަމަކަށްކިޔާ މަސްދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. 

ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި މި ބޯޓުތައް ހިފަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގެ ބެލުމުގެ ދަށުން މި ހަތް ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން މި ހާދިސާ ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

 

މިއަދު އޮންލައިން