ލޯޔަރު ވައްޑޭގެ 3 ސުވާލެއް ރައީސް ނަޝީދަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލޯޔަރު ވައްޑޭގެ 3 ސުވާލެއް ރައީސް ނަޝީދަށް!

ޤާނޫނީ ވަކީލް، މަޝްހޫރު 12 މެންބަރުގެތެރޭގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) 3 ސުވާލެއް ރައީސް ނަޝީދަށް ކުރިމަތިކުރައްވައިފިއެވެ. ލޯޔަރު ވައްދޭ ކުރިމަތި ކުރެއްވި 4 ސުވާލަކީ:

1 ޑެންމާކުގައި ކީރިތި ޤުރްއާނާއި ސުންނަތް ނޫން އެހެން ގޮތެއް ހޯދަން ގޮވާލެއްވިންތޯ؟

2 ވެރިކަމުގައި ހުރެ ދިން ރޭޑިއޯ ޚިޠާބުތަކުގައި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅު ހެއްދެވިންތޯ؟

3 އެމްޑީއެންގެ ދިފާޢުގަ ތެދުވިންތޯ؟

މި 3 ސުވާލުގެ އިތުރުން ރާއްޖޭގައި މުރުތައްދުވެގެން ތިބި ދިވެހިންނަށް އިސްލާމް ދީނަށް ދައުވަތު ނުދީ އެމީހުން ޙައްޤުގެ މަގަށް، އިސްލާމް ދީނަށް އަނބުރައި ގެނެވޭނެތޯ ސުވާލުކުރެއްވިނަމަ އިތުރަށް ފުރިހަމަވީހެވެ.

ލޯޔަރު ވައްޑޭ ވަނީ ކަންކަން މިހެން ހުރުމުން ތައުބާވުމަށް ރައީސް ނަޝީދަށް ޑރ. އިޔާޟް ދެއްވި ދައުވަތު ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކުގެ ވީޑިއޯވެސް ވަނީ ޓްވީޓުގައި ހިމަނުއްވައިފައެވެ.

މިއަދު އޮންލައިން