"ނެކްސްޓް ސްޓެޕް" ކެރިއަރ ގައިޑަންސް އަދި މަތީ ތަޢުލީމާބެހޭ މައުރަޒުހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
"ނެކްސްޓް ސްޓެޕް" ކެރިއަރ ގައިޑަންސް އަދި މަތީ ތަޢުލީމާބެހޭ މައުރަޒުހުޅުވައިފި

"ނެކްސްޓް ސްޓެޕް" ކެރިއަރ ގައިޑަންސް އަދި މަތީ ތަޢުލީމާބެހޭ މައުރަޒު ހުޅުވައިފިއެވެ.

މިމައުރަޒު ހުޅުވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނބަލުން ވަނީ މައުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުރަޒު ބައްލަވާލައްވައި މައުރަޒުގައި ކުރިޔަށްގެންދާ ހަރަކާތްތަކާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ.

ކުލިކް ކޮލެޖުން އިންތިޒާމުކޮށްގެން، ޖޭސީއައި މޯލްޑިވްސްއާ ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިޔަށްގެންދަނީ މިއަދާ މާދަމާ، އާރޓްގެލަރީ ގައެވެ. މިއަހަރުގެ މި އެކްސްޕޯ ބޮޑަށް އަމާޒުކޮށްފައި ވަނީ އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށެވެ.

މި މައުރަޒުގެ ބޭނުމަކީ ސްކޫލު ނިންމާކުދިން މަތީ ތަޢުލީމީ މަރުޙަލާއަށް ދިއުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާ އަދި ވަޒީފާއެއް ހޯދުމަށް ސީވީ ތައްޔާރުކުރުންފަދަ ކަންކަމުގައި ކުދިންނަށް އިރުޝާދާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިގޮތުން މި މައުރަޒުގައި، މަޝްހޫރު ބައެއް ކުންފުނި ތަކުގެ ހިއުމަން ރިސޯސް މެނޭޖަރުން ބައިވެރިވެ އިންޓަވިއުއާ ސީވީ ތައްޔާރުކުރުން ފަދަ މަޢުލޫމާތު ޙިއްޞާކުރަމުން ގެންދާނެއެވެ. އަދި މި ނޫންވެސް އެކިއެކި ދާއިރާތަކުން ކުދިންނަށް މުހިންމު މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ބައެއް ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުންފަދަ ފުރުޞަތުތައް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން