11 ފިރިހެނުންނާއިއެކު ބަނގުރާ ބޭނުންކުރަމުންދަނިކޮށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައި ހައްޔަރުކުރި މިނިވަން ފިކުރުގެ ފިލްމީތަރި މަލް ބަންދުން މިނިވަން ވެއްޖެކަމަށް ބެލެވެއެވެ. އެއީ އޭނާގެ އިންސްޓަގްރާމަށް ފޮޓޯ އަރަން ފެށުމުންނެވެ.
އެކަން ޔަޤީންކުރަން ފުލުހުންނަށް ގުޅުމުން ޖަވާބުދޭނެ ކަމަށް ވިދާޅުވި ނަމަވެސް މިވަގުތާއި ހަމައަށްވެސް ޖަވާބު ލިބިފައެއް ނުވެއެވެ.
މިނިވަން ފިކުރުގެ މަލް ވަނީ މަސްތުވާތަކެތީގެ ބޮޑު މައްސލައެއްގައި އަތުލައިގަނެ އޭނާގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފައެވެ. އެއީ އދ މާމިގިލިއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައެވެ.