ފަންނު އެކްސްޕޯ: މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުމުގެ ކެޓަގަރީން 2 ވަނަ ހޮރައިޒަންގެ މާންދޫ މަސްދަޅަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ފަންނު އެކްސްޕޯ: މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުމުގެ ކެޓަގަރީން 2 ވަނަ ހޮރައިޒަންގެ މާންދޫ މަސްދަޅަށް!

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ފަންނު އެކްސްޕޯގައި މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުމުގެ ކެޓަގަރީން 2 ވަނަ ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅުގެ ބްރޭންޑަކަށް ލިބިއްޖެއެވެ.

އާ އުފެއްދުމުގެ ކެޓަގަރީން 2 ވަނަ ލިބިފައިވަނީ މާންދޫ މަސްދަޅުގެ "ޓޫނާ އެންޑް ގާލިކް އިން އޮއިލް" ބްރޭންޑަށެވެ.

ހޮރައިޒަން ފިޝަރީޒުން ބުނެފައިވަނީ މިއެކްސްޕޯއަކީ ވަރަށް ކާމިޔާބު އެކްސްޕޯއެއް ކަމަށާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް މިއެކްސްޕޯގައި ހޮރައިޒަންގެ ސްޓޯލްއަށް ލިބެމުންދާ ކަމަށެވެ.

ހޮރައިޒަން ފިޝަރީޒްގެ އިން ވަނީ އާ ފަސް ބާވަތެއްގެ މަސްދާޅު ތައާރަފްކޮށްފައެވެ.

މިއަދު އޮންލައިން