ފިލްމީތަރި ރިޝްފާ، އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ފުރައިފި!

ކިޔުމަށް ހޭދަވާނީ 38ސ
ފިލްމީތަރި ރިޝްފާ، އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ފުރައިފި!

ފިލްމީތަރި އައިމިނަތު ރިޝްފާ (ބަބްލްސް) އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މިއަދު ފުރައިފިއެވެ.

މިއަހަރުގެ ފަހު އުމްރާއަށް ގިނަބަޔަކު މިދުވަސްކޮޅު ފުރަމުން އަންނައިރު، ރިޝްފާ ވެސް ޢުމްރާއަށް ދިޔުމަށްޓަކައި އިޙުރާމްބަނދެގެން ނަގާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައިވެސް ވަނީ ދައުރުވެފައެވެ.

ރިޝްފާއަކީ ގިނަ ފިލްމުތަކަކުންނާއި ޑްރާމާތަކަކުން ވެސް ފެނިފައިވާ އެކްޓްރެސް އެކެވެ. ނަމަވެސް އުމްރާގެ އަޅުކަމަށްފަހު ރިޝްފާ އިތުރަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާނެތޯ، ނުވަތަ ދާއިރާއާއި ދުރަށް ދާނީތޯ، ބައެއް ބެލުންތެރިން ދަނީ ސުވާލު އުފައްދަމުންނެވެ.

އައިމިނަތު ރިޝްފާއަށް އަމާންއޮމާން ދަތުރަކަށް އަދި މަބްރޫރް ޢުމްރާއަކަށް އެދެމެވެ.

މިއަދު އޮންލައިން