ވިލިމާލޭ ހާބަރުގައި އޮތް ތެޔޮ ބޯޓެއް ގޮވައިފިއެވެ.
މިރޭ 22:40 ހާއިރު ހިނގި މިހާދިސާގައި ތިން މީހަކަށް އަނިޔާ ލިބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތެޔޮ ބޯޓު ގޮވި ވަގުތު އެބޯޓު ކައިރީގައި އޮތް އިތުރު އުޅަނދެއްގައި ވެސް އަލިފާން ރޯވި ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން މިހާރު ވަނީ ނިއްވާލާފައެވެ. ނަމަވެސް އެމްއެންޑީއެފް އާއި ފުލުހުން އެސަރަޙައްދުގައި އަދިވެސް ހަރަކާތްތެރި ވަމުންދެއެވެ.
އަދި އެބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ވެސް މިހާރު ވަނީ ފެނިފައެވެ.
ރޯވީ ތެޔޮބޯޓުން ލޯންޗަށް ތެޔޮ އަޅަނިކޮށް ކަމަށް މައުލޫމާތު ލިބޭ!
23:30: މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވީ ތެޔޮ ބޯޓުން ލޯންޗަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި އަލިފާން ކަންޏެއް ޖަހައިގެން.
23:33: ވިލިމާލޭ ހާބަރުގައި އޮތް ތެޔޮ ބޯޓެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވީ ޖުމްލަ ހަ މީހަކަށް ކަމަށް މައުލޫމާތު ލިބޭ. އެއީ ލޯންޗުގައި ތިބި ފަސް މީހަކަށާއި ތެޔޮ ބޯޓުގައި ހުރި އެކަކަށް.
23:34: އަލިފާން ނިއްވަން އުޅުނު އެމްއެންޑީއެފް ފަޔަރ ފައިޓާރ އެއްގެ ބޯފަޅައިގެން ގޮސްފައިވޭ.
23:35: އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އިތުރު ފަރުވާއަށް ވިލިމާލެ ހޮސްޕިޓަލުން އައިޖީއެމްއެޗް އަށް ފޮނުވާލާފަ. ނަމަވެސް ފޮނުވީ ކިތައް މީހުން ކަމެއް އަދި އެހޮސްޕިޓަލުން ހާމައެއް ނުކުރޭ
އަނިޔާވީ ސިފައިންގެ ފަޔަރ ފައިޓާއަކާއެކު ޖުމްލަ ހަތް މީހުން. އެމީހުންނަށް ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔައަި މިރޭ 22:40 ހާއިރު. އޭގެ ތެރެއިން ދެ މީހަކު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ފޮނުވާލާފަ.