ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ކިޔުމަށް ހޭދަވާނީ 39ސ
ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗް އަށް ގެންދިޔަ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 22:30 ހާއިރު ހިނގި ހާދިސާގައި ފަޅުގައި އޮތް އިތުރު ދޯންޏެއްގައިވެސް އަލިފާން ހިފާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ފިހިފައިވީ ނަމަވެސް އެމީހުންގެ ހާލު ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ވިލިމާލެ ހޮސްޕިޓަލްގައި ތިބި ހަތަރު މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް އެހޮސްޕިޓަލުންވެސް ބުނެއެވެ.

ރޭ ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވެ ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙްޤީގުކުރަމުންނެވެ.

މިއަދު އޮންލައިން