ޕީީޖީ ކަމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 55ސ
ޕީީޖީ ކަމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަޤާމުން  އައިޝަތު ބިޝާމް މިއަދު އިސްތިއުފާދެއްވައިފިއެވެ. 

އެވެއެކަމަނާ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް ސޯލިހު ޓްވީޓް ކުރައްވައިފައިވެއެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ އެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. އަދި އެ ކޮމެޓީއަށް ހާޒިރުވުމަށް މިއަދު އޭނާއަށް އަންގާފައިވާއިރު އޭނާ ވަކި ކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކީ އިހްލާސްތެރިކަމާއެކު ކުރާ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވެ އިސްތިއުފާގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ޕީޖީ ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ ކުރިން ވެސް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލު ކޮށްފައިވެ އެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ.

މީގެއިތުރުން ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ވެސް ބިޝާމްއަށް ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މިވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ.

 

 

މިއަދު އޮންލައިން